އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާއި ޗެއާ ޕާސަންގެ ނައިބު އަލީ ނިޔާޒު މަޖިލިސް އިންތިހާބުގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފިއެވެ.

މަޖިލިސް އިންތިހާބުގެ ޕްރައިމަރީ އެމްޑީޕީ އިން މިއަދު ބާއްވާފައިވާއިރު ހަސަން ލަތީފް ވާދަކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ. އަލީ ނިޔާޒު ވާދަކުރެއްވީ ހުޅުމާލެ ދާއިރާ އަށެވެ. ހުޅުމާލެ ދާއިރާ އަކީ މިފަހަރުގެ އިންތިހާބުގައި އަލަށް އުފެއްދި ދާއިރާ އެކެވެ.

ހަސަން ލަތީފަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލޯޔަރުގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ގާނޫނީ ވަކީލެކެވެ. އަލީ ނިޔާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅެވެ. މީގެ ކުރިން ނިޔާޒު ވަނީ ފާދިއްޕޮޅު އަތޮޅުގެ ކައުންސިލަރުކަންވެސް ކުރައްވައިފައެވެ.