ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މައްޗަންގޮޅި މެދު ދާއިރާރެ ޓިކެޓް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފި އެވެ.

ނަޝީދު އެ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރައްވާފައިވަނީ އާޝިޔަތު އަލައިކާ އަދުނާނާ ވާދަކޮށް 267 ވޯޓު ހޯއްދަވައިގެންނެވެ. އަލައިކާއަށް ލިބިފައިވަނީ 52 ވޯޓެވެ.

ނަޝީދު ވަނީ އެމްޑީޕީ ޕްރައިމެރީގައި އެމަނިކުފާނު މަޖިލީހުގައި އިންނަވާނެ ކަމަށް ވިދާޅުވެ ޔަގީންކަން ދެއްވާފަ އެވެ. ނަޝީދު މީގެ ކުރިންވެސް މަޖިލީހުގެ މެމްބަރުކަން ކުރައްވާފަ އެވެ.

މަޖިލިސް އިންތިހާބުގައި ނަޝީދާ ވާދަކުރައްވާ ބޭފުޅުން އަދި މުޅިން ކަށަވަރެއް ނުވެ އެވެ. މަޖިލިސް އިންތިހާބު އޮނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އޭޕްރީލް ހައެކެވެ.