ބ. ދަރަވަންދޫ އެއާޕޯޓު ރަންވޭއާ ދިމާ ހުޅަނގުފަރާތު ވަލުތެރޭ ރޯވި އަލިފާންގަނޑެއް ފުލުހުންނާއި އެރަށު ކައުންސިލް އަދި އެރަށު ފުލުހުން ގުޅިގެން ނިއްވާލައިފިއެވެ.

ފުލުހުން ބުނީ ދަރަވަންދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިއަދު 18:10 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަލިފާން ގަނޑު ނިއްވާލުމުގައި ރަށު ކައުންސިލާއި އެރަށު ޕޮލިސް ޑެސްކުން ހަރަކާތްތެރިވެފައިވާ ކަމަށާއި އަލިފާން ނިއްވުމަށް އެއާޕޯޓުގެ ފަޔާ ލޮރީ ބޭނުންކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ގާތްގަނޑަކަށް 3000 އަކަފޫޓުގެ ސަރަހައްދެއްގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް ފުލުހުން ބުނެއެވެ.