ރާއްޖޭގައި މުވާސަލާތުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ދުވަސްވީ ކުންފުނި، ދިރާގުގެ އެޕްލިކޭޝަނަށާއި މައި އެކައުންޓް ހިދުމަތަށް ދިމާވި މައްސަލަ ހައްލު ކޮށްފިއެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ޕޯސްޓް ޕެއިޑު ކަސްޓަމަރުންނަށް ޑޭޓާ ޕެކޭޖު ނެގުމާއި ޑޭޓާ ބޫސްޓާ އެކްޓިވޭޓު ކުރުމުގައި ދިމާވި މައްސަލަތައް މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުންވެސް އެކުންފުނީގެ ހިދުމަތް ހޯދުމުގައި ކުރިމަތިވި މައްސަލަތައް ހައްލުވެފައިވާކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ ހިދުމަތް ހޯދުމުގައި ދިމާވި ޓެކްނިކަލް މައްސަލައަކާހުރެ ޕޯސްޓްޕެއިޑް ކަސްޓަމަރުން ބިލު ދެއްކުމަށާއި، ޑޭޓާ ބޫސްޓާ އެކްޓިވޭޓު ކުރުމަށް ދަތިތައް ކުރިމަތިވިއެވެ. މީގެ އިތުރުން ދިރާގުގެ މަމެން އެޕްލިކޭޝަން އަދި މައި އެކައުންޓު ހިދުމަތް ލިބިގަތުމުގައިވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ.

ހިދުމަތް ލިބިގަތުމުގައި ދިމާވި ދަތިތަކަށް ދިރާގުން ވަނީ މައާފަށް އެދިފައެވެ.