17 Jan 2019, 11:00
ކައިވެނިން ބޭރުން ގުޅުން ހިންގުމުގައި ދިމާވާ މައްސަލައަކީ ކައިވެނިން ބޭރުން ދަރިން ލިބުން ކަމަށާއި އެކަމަށް އޮތް ހަމައެކަނި ހައްލަކީ ނުވިހާ އޮޕަރޭޝަން ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ގިނަ ބަޔަކު އެކަމާ ފާޑު ކިޔަމުން އެބަދެ އެވެ.
އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓޭއްގެ ކެމްޕެއިން އިވެންޓެއްގައި ނަޝީދު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު ނަޝީދު ވިދާޅުވެފައި ވަނީ ކައިވެނިން ބޭރުން ދަރިން ލިބުމަށް ހައްލު ލިބެން އޮތީ ކައިވެނިން ބޭރުން ނުވިހާ ގޮތް ހެދުމުން ކަމަށެވެ.
"ނުވިހާ ގޮތް މިހެދެނީ މީހަކާ ކައިވެނިކޮށްގެން. ދިމާވެގެން މި އުޅޭ މައްސަލައަކީ ކައިވެނި ނުކޮށް، ދަރިން ހޯދާތީވެ. ދެން ދާ ކޮންމެ ފަހަރަކު އެބަ ބުނޭ، އެހެނެއް ނުހަދައިދެވޭނެއޭ، އަޅުގަނޑު އެބަދަން ވަރަށް ގިނަ ކުދީން ވިހާތަނަށް. ކޮންމެ ފަހަރަކު އެބަ ބުނޭ އެހެނެއް ހަދައެއް ނުދެވޭނެއޭ [ނުވިހާ އޮޕަރޭޝަނެއް ނުކޮށްދެވޭނެއޭ]. އޭނާ މީހަކާ އިނދެގެނޭ އޭނާ އަށް ނުވިހާ ގޮތް ހެދޭނީ. ދެން މީގެ އޮތީ އަޅުގަނޑު އެއިން ކޮންމެ މީހަކާ އިނުން، އެނޫން ގޮތެއް މިއަކު ނެތް،" ނަޝީދު ވިދާޅުވި އެވެ.
"ކައިވެނީގެ ބޭރުން މި ކުއްޖެއް މި ހޯދަނީ، ހޯދާފައި އެކަމަށް އަޅުގަނޑުމެންނަށް ހައްލެއް ގެނެވެން އޮތީ ނުވިހާ ގޮތް އަންހެންމީހާ ވެސް ހަދައިގެން. އަޅުގަނޑަށް އެނގޭ ފިރިހެން މީހާގެ ވެސް ވަރަށް ވަރަށް ބޭވަފާތެރިކަމާއި އަދި ބޭއިންސާފުކަމާ އެކީގައި މިކަން މި ހިގަނގަނީ. އަޅުގަނޑުމެން ހަގީގަތުގައި މި ބަލަން މި ބޭނުން ވަނީ އެދެ މީހުންނެއް ނޫން، ވިހާލު،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަފުޅުގައި ހިތްވަރުދެއްވާފައި ވަނީ އިސްލާމުދީނުގައި ކަނޑައެޅިގެން ހަރާމްކަމެއް ކުރުމަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ. މިއީ ޒިނޭ އަށް ހިތްވަރުދިނުން ކަމަށާއި އެކަމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިން ބަހެއް ވިދާޅުނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެކަމާ ގުޅޭ ގޮތުން ފާޑުކިޔާ މީހުން ދަނީ ބުނަމުންނެވެ.
އިސްލާމު ދީނުގެ ހުކުމްތަކާ ގުޅޭ ގޮތުން މީގެ ކުރިން ނަޝީދު ދައްކަވާފައިވާ ބައެއް ވާހަކަތަކަށް ވެސް އިލްމުވެރިން ވަނީ ރައްދު ދެއްވައިފަ އެވެ. އެގޮތުން ނިދަން އުނދަގޫވާ މީހުން ދުއާ ކުރުމާއި އެކަމަށް ކަނޑައަޅާފައިވާ އާޔަތްތައް ކިޔެވުން ނޫން އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ވާހަކަ ދައްކަވައިފަ އެވެ.
Mi tweet gai evaa video gai dhakkaafai evaa vaahaka aai behey gothun, social media gai dheenee kan kamugai HAGGU BAS vidhaalhu vamun vadaigannavaa ilumuverin vidhaalhu vaan jehey vaahaka fulheh eba oiy thoa? @Dr_AhmedZiyad@dr_iyaz @alizaid1000 @Alishar9841694pic.twitter.com/HX32OsL6hT
— علي ادم (@KakaageAli)January 16, 2019