ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 17:07 އެހައިކަންހާއިރު، ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެނބިގެން މަރުވީ 66 އަހަރުގެ ކޮރެއާ އަންހެނެއް ކަމަށެވެ.

ގެނބުމާއެކު އޭނާ ވަނީ ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އޭނާ މަރުވީ ކޮންއިރަކު ކަމެއް ސާފެއް ނުވެއެވެ.