ގދ. ވާދޫ ކައުންސިލް އިދާރާއިން ބާއްވާ އިންޓަ އޮފީސް ވޮލީ މުބާރާތް ރޭ ނިމިއްޖެއެވެ.

ދެ ޑިވިޒަނަށް ކުރިޔަށްދިޔަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗްގައި އިއްޔެ ހަވީރު ބައްދަލުކުރީ ޖަމަލުއްދީން މަދަރުސާގެ ވޮލީޓީމާއި، ކައުންސިލް އިދާރާގެ ވޮލީޓީމެވެ. މިމެޗް ތިން ސެޓުން ކާމިޔާބުކުރީ ކައުންސިލް އިދާރާގެ ޓީމެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކައުންސިލް އިދާރާ ޓީމްގެ ކެޕްޓަން އާސިމާ އިބްރާހިމް (އާސީ) އެވެ.

މީގެއިތުރުން ރޭ ކުޅުނު މިމުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗް ޖަމާލުއްދީން މަދަރުސާގެ ޓިމާ ވާދަކޮށް ސީދާ ތިން ސެޓުން ބަލިކޮއް ޗެމްޕިއަންކަން ހޯދީ ކައުންސިލް އިދާރާގެ ޓީމެވެ. މިއީ މިމުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ކައުންސިލް އިދާރާ ހޯދި ދެވަނަފަހަރެވެ.ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކައުންސިލް އިދާރާ ޓީމްގެ މުހަންމަދު އިބްރާހިމް (ކަށިމާ) އެވެ.