ނ. މަނަދޫ ދެކުނު ފަރާތަކަށް ހުއިފިލަނޑާ ނަގަން އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އަބްދުﷲ ޝާމިން 24، ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ، "މަލަކު މެލަޑީ" ކިޔާ ދޯނިން ލަނޑާނަގަން ދިޔަ ޝާމިން ފެނުނީ މިއަދު މެންދުރު 13:45 ހާއިރު އޭނާ ހޯދުމުގެ މަސައްކަތް ކުރި މިލަދޫގެ ޑިންގީ އަކަށް ކަމަށެވެ. މިލަދޫ އަށް ނިސްބަތްވާ ޝާމިން ފެނުނުއިރު އޭނާގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ރ. ވަންދޫ ކައިރިން ލަނޑާ ނަގަން އެރި އުޅުނު މީހަކު ވެސް ގެއްލިގެން ހޯދުމުގެ މަސައްކަތް މިއަދު ވަނީ ކޮށްފަ އެވެ. އޭނާ ހޯދަމުން ދަނިކޮށް ފެނުނީ، ރ. އަތޮޅުގެ ފަޅު ރަށެއްގައި ހުއްޓަ އެވެ.

ފެނުނު އިރު ޝާމިންގެ ހާލު ރަނގަޅު ކަމަށާއި އޭނާ ގެއްލުނީ އޮއި ބާރުކަމުން އޮޔާ ދަމައިގަނެގެންކަމަށް ފުލުހުން ބުނެއެވެ.