16 Jan 2019, 08:44
ހުޅުމާލެ-ހުޅުލެ ހައިވޭގައި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި ހައިވޭގައި ޖަހާފައި ހުރި ރޯޑް ޑިވައިޑާ ޕާޓީޝަންތައް ހަލާކު ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަންއަށް ވިދާޅުވީ ޕިކަޕެއް އެކްސިޑެންޓުވެގެން ރޭ 4:17 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
"ހައިވޭގެ ޔޫޓާން ނަގާ ސަރަހައްދުން އެކްސިޑެންޓު ހިނގީ. ރޯޑް ޕާޓިޝަންތައް ހަލާކުވެފައިވަނީ،"

ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓު -- ފޮޓޯ/ ޕޮލިސް
އެކްސިޑެންޓުގައި މީހަކަށް އަނިޔާވިކަމުގެ ރިޕޯޓު ނުލިބޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
ހުޅުމާލެ-ހުޅުލެ ހައިވޭގައި މިހަފްތާ ވަނީ އިތުރު އެކްސިޑެންޓެއްވެސް ހިނގައިފައެވެ. ސައިކަލު ދުއްވާ މީހުންގެ އިތުރުން ޕިކަޕާއި ލޮރީ ދުއްވާ މީހުންގެ އިހުމާލުން ބްރިޖާއި ހައިވޭގައި ދަނީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަމުންނެވެ.

އެކުސިޑެންޓްވި ވެހިކަލް -- ފޮޓޯ/ ޕޮލިސް