މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ވޭން ރޫނީއާއެކު ކުޅެމުން އަންނަ ނަމަ، އެ ކުލަބުގެ ޒުވާން ފޯވާޑް ޑެނީ ވެލްބެކް ގެ ކުޅުން ކްލަބު ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ވެސް ކުރިއަރާނެ ކަމަށް ދެކޭ ކަމުގައި އޭނާ ބުނެފިއެވެ. ރޫނީ އާއި ވެލްބެކްއަކީ މެންޗެސްޓާ ޔުނައިޓެޑް އަށް ކުޅޭ ދެ ފޯވާޑުންނެވެ.

ވެލްބެކް އަކީ އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑުގައި ވެސް ހިމެނޭ ފޯވާޑެކެވެ. ނަމަވެސް މިހާތަނަށް އިނގިރޭސި ސީނިއާ ގައުމީ ޓީމުން ވެލްބެކް ފެނިފައިވަނީ އެއް މެޗުގެ ދިހަ މިނެޓުގައެވެ. އެއީ އެންމެ ފަހުން ގާނާ އާއި ދެކޮޅަށް އިނގިރޭސިން ކުޅުނު އެކުވެރި ކަމުގެ މެޗުގައެވެ.

މިސީޒަނުގެ ޕްރެމިއާ ލީގުގައި ތިން ލަނޑު ކާމިޔާބުކުރުމުގެ އިތުރުން ވެލްބެކް ވަނީ ޗެމްޕިއަންސް ލީގުގައި ވެސް ދެލަނޑު ކާމިޔާބު ކޮށްފައެވެ. މިދިޔަ ސީޒަނުގައި ލޯނުގެ ގޮތުން ސަންޑަލޭންޑާއި ގުޅި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ވެލްބެކް އަށް ވަނީ ފުރަތަމަ ޓީމުގެ ޖާގައެއް ވެސް ލިބިފައެވެ.
"ރޫނީ އަކީ މޮޅު ކުޅުންތެރިއެއް، އޭނާ މިސީޒަން ފެށީ ގޯލުޖަހާ، ގޯލު ޖެހުމުގެ ފުރުސަތުތައް ހޯދަމުން. ކޮންމެ ދުވަހަކު ރޫނީއާއެކު ފަރިތަކުރުންތަކުގައި ބައިވެރިވާތީ ގިނަ ކަންތައްތަކެއް ދަސްވެ އަދި ދަސްވަމުންވެސް ދާނެ. އިރުޝާދު ހޯދުމަށް ރޫނީ އަކީ ވަރަށް ރަނގަޅު ކުޅުންތެރިއެއް. އޭނާ ކޮންމެ ދުވަހެއްގެ ފަރިތަކުރުންތަކުގައި އަހަރެންނާއި ވާހަކަ ދައްކަމުން ދާތީ އެއީ އަހަރެންނަށް ލިބޭ އިތުރު ފައިދާއެއް. އަހަރެމެން ދެ ކުޅުންތެރިން އެކުގައި މަސައްކަތް ކުރާތާ ދެއަހަރަށްވުރެ ގިނަ ދުވަސް ވުމުން، އެކަމުގެ ފައިދާ ގައުމީ ޓީމަށް ވެސް ލިބޭނެ." ވެލްބެކް ބުންޏެވެ.

ޔޫރޯ 2012 އަށް ކޮލިފައިވުމަށްޓަކައި އިނގިރޭސި ވިލާތަށް އެންމެ ޕޮއިންޓެއް ބޭނުންވާއިރު، އެޓީމު އޮތީ އެ މެޗުން މޮޅުވެ ކޮލިފައިވުމުގެ އަޒުމުގައެވެ. އަންނަ ހުކުރު ދުވަހުގެރޭ 12:00 ގައި މެންޓެނީގްރޯ އާއި ދެކޮޅަށް އިނގިރޭސިން ރަށުން ބޭރުގައި ކުޅޭ މެޗުގައި ރޫނީ އާއެކު ފޯވާޑް ލައިނުން ވެލްބެކް ފެނުން ގާތެވެ. ވެލްބެކް އާއި ރޫނީ ގެ ގުޅުން ސީޒަނުގެ ކުރީކޮޅުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފެނިފައެވެ.

މޮންޓެނީގްރޯ އާއި ދެކޮޅަށް ކުޅޭ މެޗުގައި އިނގިރޭސި ވިލާތުގެ އިޓަލީ ވިލާތަށް އުފަން ކޯޗު ހިމަނާފައިވާ 24 ކުޅުންތެރިންގެ ސްކޮޑް ތިރީގައި އެވަނީއެވެ.
ގޯލް ކީޕަރުން: ސްކޮޓް ކާސަން، ޖޯ ހާޓް، ޑޭވިޑް ސްޓޮކްޑޭލް
ޑިފެންޑަރުން: ލެއިޓަން ބޭއިންސް، ގޭރީ ކާހިލް، އޭޝްލީ ކޯލް، ފިލް ޖަގިއެލްކާ، ފިލް ޖޯންސް، މިކާ ރިޗާޑްސް، ޖޯން ޓެރީ، ކައިލް ވޯކާ
މިޑްފީލްޑަރުން: ގެރެތް ބެރީ، ސްޓީވާޓް ޑައުނިންގް، އެޑަމް ޖޯންސަން، ފްރޭންކް ލަމްޕާޑް، ޖޭމްސް މިލްނާ، ސްކޮޓް ޕާކާ، ތިއޯ ވަލްކޮޓް، އޭޝްލީ ޔަންގް
ފޯވާޑުން: ވޭން ރޫނީ، ޑެނީ ވެލެބެކް، އެންޑްރޫ ކެރޯލް، ޑެރަން ބެންޓް،