ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އަށް އިސްވެރިން މިއަދު ހަމަޖައްސައިފިއެވެ.

ހެލްތު މިނިސްޓްރީއިން ކުރި ޓްވީޓްގައި ބުނީ އެމްއެފްޑީއޭގެ އިސްވެރިއަކަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެޗްޕީއޭގެ އިސްވެރިއަކަށް ހަމަ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހެއިރު ހަމަޖައްސަވާފައިވާ ކަމަށެވެ.

އެ ބޭފުޅުންނާ ލިޔުން ހަވާލުކުރެއްވީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.