15 Jan 2019, 10:18
މެޑްރިޑް (ޖެނުއަރީ 15): ސްޕެއިންގެ މަލަގާ ޕްރޮވިންސުގައި 100 މީޓަރު ފުން ވަޅަކަށް ވެއްޓުނު ދެ އަހަރުގެ ކުއްޖަކު ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.
ސްޕެއިންގެ މީޑިއާތަކުން ބުނާ ގޮތުގައި ޔުލެން ނަމަކަށް ކިޔާ އެކުއްޖާ ވެއްޓިފައި ވަނީ 25 ސެންޓިމީޓަރު ފުޅާ ވަޅަކަށެވެ. އަދި އެކުއްޖާ ވަޅަށް ވެއްޓުނުކަން އާއިލާއިން ފުލުހުންނަށް އެންގީ އާދިއްތަ ދުވަހު މެންދުރެވެ.
ފަޔާފައިޓަރުންނާއި ފުލުހުން ވަނީ އެކުއްޖާ ދިރިހުރި ކަން އަދި ނޭނގޭ ކަމަށް ބުނެފަ އެވެ. އަދި ކުއްޖާ ހޯދުމަށް ރެސްކިއު ވޯކަރުން ވަނީ ވަޅުގެ 78 މީޓަރު އަޑިއަށް ކެމެރާއެއް ތިރިކޮށްފަ އެވެ. އެކެމެރާއިން ކުއްޖާ ގެންގުޅުނު މެޓާ ކޮތަޅަކާއި ޕްލާސްޓިކް ތައްޓެއް ފެނުނު ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުންޏެވެ.
ކުއްޖާ ސަލާމަތް ކުރުމަށް ހާއްސަކޮށްފައިވާ ޓީމުން މިހާރު ދަނީ ކުއްޖާ ސަލާމަތް ކުރެވޭނެ އެންމެ ރަނގަޅު ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުންނެވެ. އަދި މިހާރު އެފަރާތްތަކުން ދަނީ ވަޅަށް ގެއްލުން ނުވާ ގޮތަށް، ވަޅު ކައިރީ އެހެން ބިންގަރާހެއް ކޮނެ، ކުއްޖާ ވެއްޓިފައިވާ ވަޅާ ގުޅުވާނެ ގޮތެއް ވިސްނަމުންނެވެ.