14 Jan 2019, 23:07
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "ޒައިދް ސަސްޓެއިނަބިލިޓީ ޕަރައިޒް" އެވޯޑް ހަފްލާގައި ބައިވެރިވެވަޑައިގެންފިއެވެ.
މި އެވޯޑް ހަފްލާއަކީ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ކުރިޔަށްދިޔަ ހަރަކާތެކެވެ.
ރައީސް ސޯލިހް ވަނީ މި ހަފްލާގައި ބައިވެރިވެ، ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ހާސިލު ކުރެއްވި 10 ފަރާތުގެ ތެރެއިން ބޭފުޅަކަށް އެވޯޑް ދެއްވާފައެވެ. މިއީ މި އެވޯޑް ދެއްވާ 11 ވަނަ ފަހަރެވެ.
ރައީސް ސޯލިހްގެ ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅަކީ އެ އެވޯޑްގައި ބައިވެރިވުމަށާއި ސަސްޓެއިންބިލިޓީ ވީކް 2019 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެ ގައުމުގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް، މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދިން ދައުވަތެކެވެ.
އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ގެ ނަމުގައި ހިންގާ މި ހަރަކާތަކީ ކޮންމެ އަހަރަކު މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް އެއްވުމެވެ.
މި ދަތުރުފުޅަށް ފަހު ރައީސް ސޯލިހް އެނބުރި މާލެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ.