14 Jan 2019, 19:01
ތަރިކައިގެ ލިސްޓްގައި ހިމެނޭ ހުކުރު މިސްކިތުގެ ހަރިންމަ ބައިގެ ފާރުން ބައެއް ތަޅާލައިފިއެވެ.
ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް ވިދާޅުވީ އެތަން ތަޅާލިކަންއެނގުނީ މެންދުރު ކަމަށެވެ.
" ސޯޝަލް މީޑީއާއިން ފެނިގެން އަޅުގަނޑަށް އެނގުނީ. އެ މައްސަލަ މާދަމާ ރަސްމީކޮށް ސަރުކާރަށް ހުށަހަޅާނަން" ތޯރިގް ވިދާޅުވިއެވެ.
@MACH_MVah neyngi Male Hukurumiskithuge Harinma faaru thalhai thanah badhalu genaumaky balaiganeveyne kameh noon.@Dhiraagu@STELCOMALDIVES@Medianetmv'@MaleCitymv@PoliceMv@yumna_maumoonpic.twitter.com/Nr1ciaq8Ql
— Mohamed Thoriq (@ManadhooThoriq)January 14, 2019
ތޯރިގް ވިދާޅުވީ އެ މިސްކިތުގެ ފާރަކީވެސް އާސާރީ ތަނެއް ކަމަށާއި މިނިސްޓްރީގެ ހުއްދަ ނުނަގައި އެގޮތަށް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށެވެ. އެފަދަ ކަންތައްތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެކަން ކުއްވެރިކޮށް ތޯރިގް ވަނީ ޓުވީޓެއްވެސް ކުރައްވައިފައެވެ.
ތޯރިގު ވިދާޅުވީ އެތަނުގެ ފާރު ތަޅާލީ އެތަނަށް ބަޔަކު ގެއްލުމެއް ދިނުމުގެ ނިޔަތުގައި ނޫން ކަމަށް ބެލެވޭ ކަމަށާއި އަދި ބޮޑަށް ބެލެވެނީ ޑިސްޓްރިބިއުޝަން ފޮއްޓެއް ފަދަ އެއްޗެއް ބެހެއްޓުމުގެ ގޮތުން އެތަން ތަޅާލީ ކަމަށެވެ.
އެ މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުުހައި ހިމެނޭ ތަނެކެވެެ. އަދި އެ ފާރު ތަޅާލުމުން އެތަން ދުނިޔޭގެ ދާއިމީ ތަރިކައިގެ ލިސްޓުގައި ހިމެނުމުގައި ގޮން ޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.