މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓު ކެނޑުނީ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

މާފަންނާއި ހެންވޭރުގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ގޮސްފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތިގައި ހެންވޭރު ބޮޑު ބަޔަކާއި މާފަންނު އަދި ގަލޮޅު ބައެއް ސަރަހައްދު ތަކުން ވަނީ ކަރަންޓު ގޮސްފައެވެ.

ސްޓެލްކޯގެ އޮފިޝަލް ވިދާޅުވީ، މިހާރު އެ މައްސަލަ ހައްލުކޮށް ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓް ދޭން ފަށައިފާއިވާ ކަމަށެވެ.