14 Jan 2019, 09:15
ސަރުކާރާއި ރައްޔިތުން ބައިވެރިވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލް ލީޓަރަކުން ދެ ރުފިޔާ އަދި ޕެޓްރޯލް ލިޓަރަކުން އެއް ރުފިޔާ މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.
އެސްޓީއޯ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މިއަދުން ފެށިގެން އެ ކުންފުނިން ޑީސަލް ލިޓަރެއް ވިއްކާނީ 9.99 ރުފިޔާ އަށް ކަމަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.19 ރުފިޔާ އަށް ކަމަށެވެ.
މިއީ އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ވޭތުވެ ދިޔަ ތިން މަހުގެ ތެރޭގައި ހެޔޮ ކުރި ދެ ވަނަ ފަހަރެވެ. އެންމެ ފަހުން ޕެޓްރޯލާއި ޑީސަލްގެ އަގު އެ ކުންފުނިން ހެޔޮކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 13 ވަނަ ދުވަހުން ފެށިގެންނެވެ.
އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޑީސަލް ލިޓަރެއް ވިއްކަމުން އައީ 11.99 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކީ 11.19 ރުފިޔާ އަށެވެ.
އެސްޓީއޯގެ ބަޔާނުގައި ބުނީ ތެލުގެ އަގު ހެޔޮކުރީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ވިއްކާ އަގު ހެޔޮވުމުން ކަމަށެވެ.