ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ރަސްމީ ދަތުރުފުޅެއްގައި ފުރާ ވަޑައިގަންނަވާނެެވެ.

މިއީ ވެރިކަމާ ހަވާލުވުމަށް ފަހު ރައީސް ސޯލިހް ރާއްޖެއިން ބޭރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

ރައީސް ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު، މިއަދު "ސަން" އަށް ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ރައީސް ޚަލީފާ ބިން ޒައިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި "ޒައިދް ސަސްޓެއިނަބިލިޓީ އެވޯޑް" ހަފްލާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

"ޔޫއޭއީގެ ލީޑާޝީޕް ބޭފުޅުންނާއި އެހެނިހެން އިސްވެރިންނާ ރައީސް ސޯލިހް ބައްދަލު ކުރައްވާނެ،" ހޫދު ވިދާޅުވިއެވެ.

ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.