Back
Nov 24, 2025 SUN
SUN

ހުޅުމާލޭގައި އަންހެނަކު މަރުވި މައްސަލަ ފުލުހުން ބަލަނީ

ހުޅުމާލޭގައި އަންހެނަކު މަރުވި މައްސަލަ ފުލުހުން ބަލަނީ
Lead photo

ހުޅުމާލޭގައި ރޭ އަންހެނަކު މަރުވި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މަރުވީ އުމުރުން 27 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައިވާ ކަމަށެވެ.

ފުލުހުން ތަހުގީގުކުރަމުން އަންނަނީ ހުޅުމާލޭ މުރަކަ 7، އާއިޝަތު ވިޝާމާ މަރުވި މައްސަލައެވެ.

އޮފިޝަލު ވިދާޅުވީ، އެ އަންހެން މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ ރޭ 9:30 ހާއިރު ކަމަށެވެ. އަދި އޭނާ ގެންދިޔަ އިރު ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.

"މައްސަލަ ތަހުގީގު ކުރަމުން ދަނީ. އަޅުގަނޑުމެން ފަހުން އިތުރު މައުލޫމާތު ހާމަ ކުރާނަން،" އޮފިޝަލު ވިދާޅުވި އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics