ވިލިމާލޭގައި އަނެއްކާ ވެސް މީހުން ވަޅުލަން ފަށަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ވިލިމާލޭ ސަހަރާގައި މީހުން ވަޅުލުން ހުއްޓާލާފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ދެ އަހަރާ ބައި ވަންދެން ވިލިމާލޭ ސަރަހަރާ ބޭނުން ނުކޮށް އޮތުމަށް ފަހު ކައުންސިލުން ވިލިމާލޭގައި ހުންނަ ހިނަވާގެ މަރާމާތު ކުރުމަށް ފަހު ވިލިމާލޭ ސަރަހަރާ ބޭނުން ކުރަން ފަށާނެ ކަމަށެވެ.

އެ ޓުވީޓުގައި އިތުރަށް ބުނެފައި ވަނީ ވިލިމާލޭ ސަހަރާގައި ދެ އަހަރާ ބައިވަންދެން މީހުން ވަޅުލުން ހުއްޓާލާފައި އޮތުމަށް ފަހު މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުމާ އެކު ވިލިނގިލީ ހެޔޮއެދޭ ފަރާތްތަކުން ސަހަރާ ސާފުކޮށްދީފައިވާ ކަމަށެވެ.

ވިލިމާލޭ ސަހަރާގައި މީހުން ވަޅުލުން ހުއްޓާލި އިރު ސަހަރާތައް ބެލެހެއްޓުމުގެ ޒިންމާ އޮތީ ކައުންސިލުތަކުން ނަގައިފަ އެވެ. އެހެން ނަމަވެސް، މި ސަރުކާރު އައުމަށް ފަހު ސަހަރާތަކާއި މިސްކިތްތައް ބެލެހެއްޓުން ވަނީ ކައުންސިލާ ހަވާލުކޮށްފަ އެވެ.