ގައުމީ ވޮލީބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަނުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، މުބާރަތުގެ ފައިނަލަށް ކުޑަހެންވޭރު ޔުނައިޓެޑާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބު ދަތުރު ކޮށްފިއެވެ.

މުބާރަތުގެ ފައިނަލަށް އެސްޓީއޯ ދަތުރު ކުރީ އިއްޔެ ހަވީރު ކްލަބު ރާވެރިޔާއާއި ދެކޮޅަށް ކުޅުނު މެޗް ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މެޗްގެ ސެޓްތައް އެސްޓީއޯއިން ގެންގޮސްފައި ވަނީ، 25-17،25-20، އަދި 25-17 އިންނެވެ. މެޗްގެ މޮޅުން ކުޅުން ތެރިއަކަށް ހޮވުނީ އެސްޓީއޯގެ ބިދޭސީ ކުޅުންތެރިޔާ ޑިމިތު އެވެ.

ކުޑަހެންވޭރު ފައިނަލަށް ދަތުރުކުރީ ރޭ ކަސްޓަމްސް ރެކްރިއޭޝަން ކުލަބް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މެޗްގެ ސެޓްތައް ކުޑަހެންވޭރުން ގެންގޮސްފައި ވަނީ 28-25، 26-17 އަދި 25-18 އިން ނެވެ.

މުބާރަތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 8:00 ޖަހާއިރު ޒުވާނުންގެ މަރުކަރުގެ އެތެރޭ ކޯޓުގައެވެ.

މިމުބާރާތުގެ އެންމެ މޮޅު ދެ ޓީމް، ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާނެ އެވެ. ފުރަތަމަ ޑިވިޝަންގައި ވާދަކުރާނީ ޖުމްލަ އަށް ޓީމެވެ. އަދި ފުރަތަމަ ޑިވިޝަނަގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.