09 Jan 2019, 16:39
މާލޭގެ ޕްރީ ސްކޫލުތަކުގެ ކިޔެވުން ފެށުން މި މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ކިޔެވުން ފަސްކުރީ ފައުންޑޭޝަން ސްޓޭޖުގެ މަންހަޖަށް ގެނައި ބަދަލާއެކު އެއަށް ޓީޗަރުން އަހުލުވެރިކުރުމުގެ ގޮތުން ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރު ނިންމާފައި ވަނީ އަންނަ ހަފުތާގައި ޕްރީސްކޫލު ޓީޗަރުންނަށް ފަސް ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށެވެ.
ޕްރީ ސްކޫލުތަކުގެ ކިޔެވުން ފެށުން ލަސްވިޔަސް ޕްރީ ސްކޫލުން މަތީ ގްރޭޑްގެ ކިޔަވުމުން ކުރިންވެސް ނިންމާފައި އޮތްގޮތަށް އަންނަ އާދިއްތަ ދުވަހު ފެށުމަށް ވަނީ ނިންމައިފަ އެވެ.
މާލެގައި މިހާރު ވެސް ގިނަ އަދަދެއްގެ ޕްރީ ސްކޫލުތަކެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ޕްރައިވެޓް ޕްރައިމަރީ ސްކޫލުތައް ވެސް ހިމެނެ އެވެ.