09 Jan 2019, 10:55
ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ އަކަށް އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް ޑރ. އައިމިނަތު ޝާފިއާ ހަމަޖައްސައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން އެ މަގާމަށް ޝާފިއާ އިއްޔެ ހަމަޖެއްސިއިރު އޭނާ ހުންނެވީ ވަގުތީ ގޮތުން ފިޝަރީޒް މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީގެ މަގާމުގައެވެ.
ޕްލާންޓް ސައިންސް އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޝާފިއާ ވަނީ އެންވައިރްމެންޓް ބައިލޮޖީ އެންޑް އެގްރިކަލްޗާއިން ޑަބަލް މާސްޓާސް ހާސިލް ކުރައްވާފައެވެ. އަދި ޑިގްރީ ހާސްލް ކޮށްފައިވަނީ އެގްރިކަލްޗާގެ ދާއިރާއިންނެވެ.
އަށާވީސް އަހަރު ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ޝާފިއާ ވަނީ 13 އަހަރު ފިޝަރީޒް މިނިސްޓްރީގެ އެކްޒެކްޓިވް މަގާމްތައް އަދާ ކުރައްވާފައެވެ.