08 Jan 2019, 23:32
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެކްޒިކިއުޓިވް (ސީއީ) އަކަށް ހިސާން ހަސަން އައްޔަނުކޮށްފިއެވެ.
އެ މަގާމަށް ހިސާން އައްޔަނުކޮށްފައިވަނީ އިއްޔެއެވެ. މަގާމަށް އައްޔަނުކުރިކަން ހިސާން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އެ މަގާމަށް ހިސާން އައްޔަން ކުރެއްވިއިރު ހިސާން ކުރިން ހުންނެވީ އެ އޮތޯރިޓީގެ ޕްރޮޖެކްޓް ޑައިރެކްޓަރުގެ މަގާމުގައެވެ.
ހިސާން ޑިޒާސްޓާ މެނޭޖްމަންޓްގައި މެދު ނުކެނޑި ޚިދުމަތްކުރާތާ މިހާރު 14 އަހަރު ވަނީ ވެފައެވެ. އެ އޮތޯރިޓީގައި އޭނާ ވަނީ ސްޕޯޓްސް އޮފިސަރެއްގެ މަގާމުގެ އިތުރުން ޕްރޮޖެކްޓް ޑައިރެކްޓަރެއްގެ މަގާމުވެސް އަދާކުރައްވައިފައެވެ.
ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވީ މިދިޔަ މަހު 30 ވަނަ ދުވަހުއެވެ. އޭގެ ކުރިން އެ އޮތޯރިޓީގެ މަސައްކަތް ކުރަމުންގެންދިޔައީ ނަޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ނަމުގައެވެ.
އެ އޮތޯރިޓީއަކީ 2015 ވަނަ އަހަރު އުފެއްދި ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ އޮތޯރިޓީއެކެވެ.