04 Oct 2011, 14:01
ހުސްވެފައިވާ ދިވެހި ޤައުމީ ޓީމްގެ ކޯޗް ކަމަށް ހަންގޭރީގެ އިސްޓަވާން އުރުބާނީ ހަމަޖައްސައިފިއެވެ. ކޯޗުކަށް އުރުބާނީ ހަމަޖައްސާފައި ވަނީ މިއަދު ހެދުނު އެފްއޭއެމްގެ އެކްސްކޯ އިންނެވެ.
އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވީ، ދެހާސް ނުވަ ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިން އާއި ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް އިރުޝާދުދިން އުރުބާނީ އާއި ޤައުމީ ޓީމްގެ ކޯޗުކަން ހަވާލުކުރީ މިއަދު ހެދުނު އެފްއޭއެމްގެ އެސްކޯއިން ނިންމުމަށް ފަހު ކަމަށެވެ. އަދި އުރުބާނީ މިމަހުގެ 13 ވަނަ ދުވަހު މާލެ އަންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އުރުބާނީ ދިވެހި ޓީމްގެ ކޯޗަކަށް ހަމަޖައްސައިފައި ވަނީ، މިދިޔަ މިމަހު 15 ވަނަ ދުވަހު އެފްއޭއެމްގެ އެކްސްކޯ އިން ކުރީގެ ކޯޗް ޑިއޭގޯ ކުރުސިއާނީ ވަކިކުރުމުންނެވެ. ކްރިސިއާނީ ކޯޗުކަމުން ވަކިކުރީ ޝީޝެލްސްގައި ބޭއްވުނު އަށްވަނަ އިންޑިއަން އައިލެންޑް ގޭމްސް ގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ލިބުނު ނާކާމިޔާބީ އާއި ގުޅިގެން، ކަމަށް މީޑިއާގައި ބުނެފައި ވެއެވެ.