08 Jan 2019, 14:52
މީގެ 27 އަހަރު ކުރިން ބަނގުރޫޓުވި ރާއްޖޭގައި ހިންގި ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނެޝަނަލް (ބީސީސީއައި) ގައި ހުރި 2000 އަށް ގިނަ މީހުންގެ ފައިސާ ނެގުމަށް އެމްއެމްއޭ އިން ފަހު ފުރުސަތު ދީފި އެވެ.
އެމްއެމްއޭ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ބަންދުކޮށްފައިވާ ބީސީސީއައިގެ ރާއްޖޭގެ ގޮތްޕަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން އާންމުންގެ ފައިސާ 1998 ވަނަ އަހަރުގެ އޯގަސްޓް ފަސް ވަނަ ދުވަހުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދިވެސް 2079 މީހުން ފައިސާ ނުނަގައި އެބަހުރި ކަމަށެވެ.
ފައިސާ ނުނަގައި ތިބި މީހުންގެ މައުލޫމާތު ވެސް ވަނީ އެމްއެމްއޭއިން އާންމުކޮށްފަ އެވެ. އަދި އެ ފައިސާ އަންނަ މާޗް މަސް ނިމުމުގެ ކުރިން ނަގަން ޖެހެނޭ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
ޕާކިސްތާނުގެ މަހުޖަނަކު އުފެއްދި އެ ބޭންކްގެ ރާއްޖޭގެ ބްރާންޗް ބަންދުކޮށްފައި ވަނީ 1991 ވަނަ އަހަރު އެވެ.