ސިނަމާލެ ބުރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުނީ މިރޭ 11:37 ހާއިރު ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

އަދި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކުއި ސާވިސް އިން އެ ސަރަހަށްދަށް ދިޔަ އިރު އަލިފާން ވަނީ ނިއްވާލައިފައި ކަމަށް އެމެއެންޑިއެފް އިން ބުންޏެވެ.

މިރޭ ބުރިޖު މަތީގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި އިރު، މިދިޔަ ހުކުރު ދުވަހު ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ވަނީ ބުރިޖު ހައިވޭގައި ފުރޮޅާލައިފައެވެ.