07 Jan 2019, 21:36
ށ. ފުނަދޫގެ ދެ ފިހާރައަކާއި ސްޓޫޑިއޯއެއްގެ ބިއްލޫރި ގަނޑު ފަޅާލައި ވައްކަންކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އެ ހާދިސާ ހިނގައިފައި ވަނީ ރޭ ކަމަށެވެ. އެ ހާދިސާގައި އެ ހާދިސާގައި އެއް ފިހާރައިން ފުޅިއާއި ފައިސާ އާއި ހެނދުން ފަދަ ތަކެތި ވަނީ ވަގަށް ނަގައިފަ އެވެ. އަދި އަނެއް ފިހާރައާ ސްޓޫޑިއޯއިން އެއްޗެއް ވަގަށް ނެގިކަން އެނގެން ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފިހާރަ ފަޅާލައިގެން ގެންދިޔަ ބައެއް ތަކެތި---ފުނަދޫ ކައުންސިލް
ރޭ އެ ރަށުގެ ގެއަކުން ވެސް މޮބައިލް ފޯނަކާ ވޮލެޓެއް ވެސް ނަގައިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ ހާދިސާ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 24 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ބައެއް ފައިސާތައް މިހާރު ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.