ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ގެ މަގާމަށް ޑރ. އަބްދުލް ހައްނާން މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ހައްނާން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށެވެ.

ހައްނާނަކީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން ޕީއެޗްޑީ ހާސިލްކުރައްވާފައިވާފައިވާ ބޭފުޅެކެވެ.

ހައްނާން އެންމެ ފަހުން އަދާކުރައްވާފައިވަނީ މޯލްޑިވްސް ބިޒްނަސް ސްޓެންޑާޑްގެ އެޑިޓަރެއްގެ މަގާމެވެ.