07 Jan 2019, 16:03
މިދިޔަ އަހަރު މަސްތުވާތަކެތީގެ 83 މައްސަލައެއް އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ކަސްޓަމްސްއިން ބުނީ 83 މައްސަލަ އަތުލައިގެންފައިވާއިރު އެތަކެތީގެ ބަރުދަނަކީ 32 ކިލޯ ކަމަށެވެ. އެގޮތުން ވައިގެ މަގުން 11 ޕޯސްޓްގެ ޒަރިއްޔާއިން 68، އެއާކާގޯ މަގުން ތިނެއް އަދި ކަނޑުމަގުން އެއް ފަހަރު މަސްތުވާތަކެތި އަތުލެވިފައިވާ ކަމަށެވެ.
މިދިޔަ އަހަރު ކަސްޓަމްސް އިން އެންމެ ގިނައިން އަތުލައިގަނެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނޭބިސް އެވެ. އެއީ 17 ކިލޯގެ މަސްތުވާތަކެއްޗެވެ.
ކަސްޓަމްސްއިން ބުނީ 2017 ވަނަ އަހަރާއި އަޅާބަލާ އިރު 2018 ވަނަ އަހަރު ކަސްޓަމްސްއިން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ މައްސަލަތައް ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ.
ދެހާސް ސަތާރަ ވަނަ އަހަރު މަސްތުވާތަކެތީގެ 25 މައްސަލަ އަތުލައިގެންފައިވާ އިރު އެތަކެތީގެ ބަރުދަނަކީ 24 ކިލޯ އެވެ.