07 Jan 2019, 09:57
ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެ، ހާލު ދެރަ ބަލި މީހަކު ގއ. ވިލިނގިލިން ރޭ މާލެ ގެނެސްފިއެވެ.
އުމުރުން 54 އަހަރުގެ އެ ފިރިހެން މީހާ ރޭ 1:40 ހާއިރު މާލެ ގެނައީ އެމްއެންޑީއެފް ހެލިކޮޕްޓަރުގައެވެ.
އެމްއެންޑީއެފް އިން ބުނީ، މި މީހާ މާލެ ގެނެސްދީފައި ވަނީ އޭނާ ޑީކޯވެ، އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ގއ. އަތޮޅު ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުން ކަމަށެވެ.
އޭނާއަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.