06 Jan 2019, 22:02
މާފުށީ ޖަލުގައި މިއަދު މާރާމާރީއެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީ ޖަލުގައި މާރާމާރީއެއް ހިިންގައިގެން އެ މައްސަލަ ފުލުހުންނަށް މިއަދު 18:00ގައި ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެކަމާ ގުޅިގެން މައުލޫމާތު ހޯދުމަށް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ބުނެފަ އެވެ.