06 Jan 2019, 21:32
ފުލުހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ސިންގަޕޫރު އަންހެނަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފުލުހުން ހޯދަމުންދަނީ ސިންގަޕޫރު ރައްޔިތެއްކަމަށްވާ ނޯރަޒިމަތު ބިންތު ރޯހަނި (ޕާސްޕޯޓް ނަންބަރު K0546350N) އެވެ.
ފުލުހުން ބުނީ އޭނާ ހޯދަމުން ދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޓިވް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލަކާ ގުޅިގެން ކަމަށެވެ.
އެ މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ބުންޏެވެ.