06 Jan 2019, 17:03
އިދާރީ ކަންކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ލަފާދިނުމަށް ޖުޑީޝަލް ކައުންސިލެއް އުފައްދައިފިއެވެ.
އެ ކައުންްސިލް އުފެއްދީ ގާނޫނު އަސާސީގެ ހަތް ވަނަ މާއްދާ އާއި 141 ވަނަ މާއްދާގެ (ށ) އާއި 156 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، ސުޕްރީމް ކޯޓުގެގަރާރަކުންނެވެ.
އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައިކޯޓުގެ އިސް ފަނޑިޔާރުގެ އިތުރުން ސުޕީެރިއާ ހުރިހާ ކޯޓެއްގެ އިސް ގާޒީންނާއި ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން އައްޔަންކުރާ ދެ މެޖިސްޓްރޭޓެކެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ގަރާރުގައި ބުނެފައިވާގޮތުން އެ ކައުންސިލް އުފެއްދީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެއްގޮތްވާގޮތުގެމަތިން އަދުލުއިންސާފު ގާއިމް ކުރުމުގެ ބާރުގެ ހިންގުން އޭގެ އެންމެ ފުރިހަމަގޮތުގައި އިންތިޒާމްކޮށް ހަރުދަނާކުރުމުގެ ގޮތުން، އެކަށައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ފަނޑިޔާރުންގެ މެދުގައި ފަނޑިޔާރުންގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލުފާޅު ކުރެވޭނެ ހަރުދަނާ ފޯރަމެއް ގާއިމްވެފައި އޮތުމަކީ ބޭނުންތެރި ކަމަށް ފެންނާތީއެވެ.