ރިސޯޓަކުން ފައިސާތަކަކާއި މޮބައިލް ފޯނުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ މީހެއް ކަމަށެވެ. އެ މީހާ ހައްޔަރުކުރީ ރިސޯޓެއްގެ ބައެއް މުވައްޒަފުން ނިދާ ކޮޓަރިތަކަށް ވަދެ ވައްކަންކޮށް އެ ރިސޯޓުގެ މުވައްޒަފުންގެ ފިހާރަ ފަޅާލައި ފައިސާތަކެއް ވަގަށް ނަގާފައިވާ ކަމަށް ބުނެ، އުނގޫފާރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށް ބަލައި ފާސްކުރި ކުރުމުން، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 5000 އަށް ވުރެ ގިނަ ރުފިޔާ އާއި ހަތަރު މޮބައިލް ފޯނު އަދި ދެ ސިނގިރެޓު ކާޓޫނު ފެނިފައިވާ ކަމަށެވެ.

އަދި އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.