"ވިކްޓޯރިއާ ސީކްރެޓް"ގެ މޮޑެލް ސާރާ ސެމްޕީއޯ 27، ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

މަޝްހޫރު މޮޑެލް ސާރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ ލޯބިވެރިޔާ އޮލިވާ އާއެކު އެވެ.

ރާއްޖޭގެ ރީތި މަންޒަރު ފެންނަ ގޮތަށް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ފޮޓޯތައް ޕޯސްޓްކޮށްފައިވާ އިރު ސާރާ ބުނީ ރާއްޖެއަކީ ވަރަށް ރީތި ތަނެއް ކަމަށެވެ. އަދި އޭނާ އަންނަނީ ރާއްޖެއަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.

View this post on Instagram

Pretty Lorena ❤️????????‍♀️????????‍♀️

A post shared bySara Sampaio(@sarasampaio) on

ސާރާ އާ އެކު މަޝްހޫރު މޮޑެލް އަދި އެކްޓަރެސް ލޮރިނާ ރާއޭ ވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ނ. ރަންދެލި ރިސޯޓުގަ އެވެ.