06 Jan 2019, 13:14
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯއާ ބައްދަލުކުރައްވައިފި އެވެ.
މަހުލޫފު ފީފާގެ ރައީސްއާ ބައްދަލުކުރެއްވީ އޭއެފްސީ އޭޝިއަން ކަޕް ހުޅުވުމާއި، އޭއެފްސީ ކޮންގްރެސްގެ ރަސްމިއްޔާތަށް ޑުބާއީއަށް ވަޑައިގެން ބައިވެރިވެޑައިގެންނެވި ހަފްލާއެއްގަ އެވެ.
މަހުލޫފް ވަނީ ޖިއާނީ އަދި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ހަލަފީއާ އެކު ނަގާފައިވާ ފޮޓޯއެއް ޓުވިޓާގައި އާންމު ވެސް ކުރައްވައިފަ އެވެ.
މިއީ ޝެއިހް ސަލްމާންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށް މަހުލޫފު ވިދާޅުވި އެވެ.
Met the President of@FIFAcomGianni Infantino & President of@theafcdotcomSheikh Salman.
Gave assurance that Maldives will work closely with FIFA & AFC in respect to their regulations.
Thank you for the invitation.pic.twitter.com/GOm2lzVr08— Ahmed Mahloof (@AhmedMahloof)January 5, 2019
"ރާއްޖެ އިން އޭއެފްސީ އަދި ފީފާއާ އެކު އަބަދު ވެސް ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެންނެވިން." މަހުލޫފު ވިދާޅުވި އެވެ.
އޭއެފްސީ ކަޕުން ރާއްޖެ އަށް ފުރުސަތު ގެއްލުނު މައްސަލަ ބެލުމަށް މިނިސްޓަރު މަހުލޫފް ކޮމިޓީއެއް އެކުލަވާލި މައްސަލާގައި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ޔޫތު މިނިސްޓްރީއާ ދެމެދު މިދިޔަ މަހު އޮތޯ ގުޅުން ގޯސްވި އެވެ. އަދި އެ މައްސަލަ ތިން ވަނަ ފަރާތަކަށް ނުބެލެނޭ ކަމަށް ބުނެ އެފްއޭއެމް އިން އެ މައްސަލަ އޭއެފްސީގެ ސަމާލުކަމަށް ގެނަ އެވެ.
ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ވެސް ލަންޑަންގައި ސަލްމާންޢާ ބައްދަލުކުރެއްވުމަށް ފަހު ފަހު ފީފާގެ އުސޫލުތަކަށް ރާއްޖެ އިން ފުރިހަމައަށް ބޯލަނބާނެ ކަމުގެ ޔަގީން މަހުލޫފު ވަނީ ދެއްވައިފަ އެވެ.