06 Jan 2019, 10:35
ބަޣުދާދު(ޖެނުއަރީ 6): އިރާގުގެ ވެރިރަށް ބަޣުދާދުގެ ޖަލެއްގައި ގައިދީން ކުރިއަށްގެންދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ޖަލުގައި ރޯވެ، ހަ އަންހެން ގައިދީން މަރުވެއްޖެއެވެ.
ބަޣުދާދުގެ ފުލުހުންގެ ކެޕްޓަން އަހުމަދު ޚަލަފު ވިދާޅުވި ގޮތުގައި އަދަމިޔާ ޑިސްޓުރިކްޓުގައި ހުންނަ އެޖަލަކީ މަގުމަތިވެފައިވާ އަންހެން ގައިދީންނަށް ހާއްސަކޮށްފައިވާ ޖަލެކެވެ. އަދި ހުކުރު ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ޖަލުގައި ރޯވުމުގެ ސަބަބުން ބައެއް މީހުން ނޭވާ ހާސްވެގެން މަރުވީއެވެ.
ޚަލަފް ވިދާޅުވި ގޮތުގައި ފުލުހުން މިހާރު ދަނީ އެހާދިސާ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ޖަލުގައި ހަމަނުޖެހުންތައް ފެށެން މެދުވެރިވި ސަބަބެއް އޭނާ ވިދާޅުނުވެއެވެ.
އިރާގުގެ ލޭބާ އެންޑް ސޯޝަލް އެފެއާސް މިނިސްޓްރީން ވަނީ އެހާދިސާގެ ސަބަބުން ޖަލުގައި ތިބި ގައިދީން ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ.