05 Jan 2019, 15:50
ޓްރީ ޓޮޕް ހޮސްޕޮޓަލުން ސޮލަރެލް އިންޝުއަރެންސް އާއި ގުޅިގެން 'ކޭޝްލެސް ސާވިސް' އެ ހޮސްޕިޓަލުގައި ތައާރަފް ކޮށްފިއެވެ.
ޓްރީ ޓޮޮޕް ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލްހެ ހިދުމަތްތަކަށް އިތުރު ފަސޭހަ އަދި ފުރިހަމަ ކަމެއް ގެނެއުމަށްޓަކައި އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ޙިދުމަތްތަކަށް 'ކޭޝްލެސް ސަވިސް' ތައާރަފް ކޮށްފައިވާ ކަމަށެވެ.
މި ހިދުމަތާއެކ އެ ހޮސްޕިޓަލުން ހިދުމަތް ލިބިގަންނަ ސޮލަރެލްގެ ކަސްޓަމަރުންގެ ބިލްތަކަށް އިންޝުއަރެންސްގެ ދަށުން ފައިސާ ދެއްކުމުގެ ކަންކަން ސީދާ ސޮލަރެލް ކުންފުނި މެދުވެރިކޮށް ފަސޭހަކަމާ އެކީގައި ހަމަޖެހިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމަތުދެއެވެ.
ސަތޭކަ ދިހަ މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓަކުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލްގައި އެންމެ ޒަމާނީ އިކުއިޕްމެންޓާއި ހިދުމަތްތަކާ އެކު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަސް ކެޓަގަރީއެއްގެ ރޫމާއި 210 އެނދު ހުރެއެވެ.
މީގެ އިތުރުން ދެ ޕްރެޒިޑެންޝަލް ސުއިޓާއި، އެކި ކަހަލަ ބަލިތަކަށް ފަރުވާދޭނެ ކްލިނިކްތައް، ޓެސްޓުތަކާއި ސްކޭންތައް ހެދޭނެ އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު ވަނީ ގާއިމްކޮށްފައެވެ.