އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީއަށް އަންހެން ދަރިއަކު ލިބިއްޖެއެވެ.

ދަރިފުޅާ އޭނާގެ އަންހެނުން ޕައްލަވީ ޝުކްލާ އާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ވަނީ ހިއްސާކޮށްފައެވެ.

"މިއީ ލިބުނު އެންމެ ބޮޑު ހަދިޔާ. ދަރިފުޅަށް ނަން ދިނީ މެންޓޯއެއްގެ ގޮތުގައި ދެކޭ މަހޭޝް ބަޓް. ދަރިފުޅަށް ކީ އަރިއާ ތިވާރީ،"

މިއީ އަންކިތުގެ އަލަތު ދަރިފުޅެވެ.

އަންކިތު އާއި ޕައްލަވީ ކައިވެނިކުރީ މިދިޔަ އަހަރުގައެވެ.

އަންކިތު ވަނީ މަޝްހޫރު ގިނަ ލަވަތަކެއް ކިޔާދީފައެވެ. އޭގެ ތެރޭގައި "ސުންރަހާ ހޭނާ" އަދި "ތޭރީ ތެރިޔާ" ހިމެނެއެވެ.