04 Jan 2019, 18:23
ބޮލީވުޑްގެ ކާމިޔާބު ތަރި އަދި ޕްރޮޑިއުސަރު/ ޑައިރެކްޓަރު ފަރްހާން އަހްތަރު މިއަހަރު ކައިވެނިކުރާނެކަމަށް ޚަބަރުތައް ބުނެފިއެވެ.
ފަރްހާން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މޮޑެލް/ހޯސްޓް ޝިބާނީއާ އެވެ. ފަރްހާން އާ ޝިބާނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް މީޑިއާތަކުން ވަރަށް ކުރިން ވެސް ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް މީގެ ކުރިން އެކަމާ ގުޅިގެން ބަހެއް ބުނެފައި ނުވާ ފަރްހާން ވަނީ ދާދި ފަހުން އެކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.
ދެމީހުން ވެސް ކައިވެންޏަށް ތައްޔާރުވާން ވަނީ ފަށާފައެވެ.
ފަރްހާން ވަނީ މީގެ ކުރިންވެސް ކައިވެންޏެއްކޮށްފައެވެ. އޭނާ އާ އަދޫނާ ބަބާނީގެ ކައިވެނި 17 އަހަރު ފަހުން ރޫޅުނު އިރު، އެ ކައިވެންޏަށް ދެ އަންހެން ދަރިން ވެސް ލިބިފައިވެ އެވެ. މި ކައިވެނި ރޫޅުނީ 2017 ވަނަ އަހަރުއެވެ.