04 Jan 2019, 11:23
ސިނަމާލެ ބްރިޖާ ގުޅިގައިވާ ހައިވޭގައި މިއަދު ހެނދުނު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން ފުރޮޅާލައިފިއެވެ.
މިހާދިސާ ހިނގިިރު ކާރު ތެރޭ އިނީ އެންމެ މީހެކެވެ. ފުލުހުން ބުނީ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 7:50 ހާއިރު ކަމަށާއި ކާރު ދުއްވަން އިން މީހާއަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ކާރު ފުރޮޅާލައިފައިވަނީ ކޮންޓްރޯލް ނުވެގެން ކަހާލައިގެން ގޮސް ހައިވޭގެ ހުރި ފެންސް ގައި ޖެހިގެން ކަމަށް ފުލުހުން މައުލޫމަތުދެއެވެ.
ފުލުހުން ދަނީ މިހާރު މި މައްސަލަ ތަހިގީގު ކުރަމުންނެވެ.