03 Jan 2019, 20:08
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ނުޙައްގުން ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންގެ ޝަކުވާތައް ހުށަހެޅުމަށް ހުޅުވައިލި މުއްދަތު އިތުރުކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ އެފަދަ ޝަކުވާތައް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 21 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ކުރައްވާފައިވާ ކަމަށެވެ.
ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރައްވާފައިވަނީ މި މުއްދަތު އިތުރު ކޮށްދިނުމަށް ގިނަ ފަރާތްތަކަކުން އެދިވަޑައިގަންނަވަމުން ގެންދަވާތީކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ ކުރިން އެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.