03 Jan 2019, 19:24
މާލެ އިން ފުރައިގެން 42 މީހުންނާއެކު، އދ. ދިގުރަށަށް ދަތުރުކުރި ލޯންޗް ދިޔަވެ، އެލޯންޗުން ދަތުރުކުރި އެންމެން ސަލާމަތްކޮށްފިއެވެ.
އދ. މަހިމަދޫ އިރުދެކުނު ފަރާތު ފަސް މޭލު ބޭރުން ދަތުރުކުރި "ފަޒަސް 5" ނަމަކަށް ކިޔާ މި ލޯންޗް ދިޔަވި ކަމުގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބުނީ މިއަދު ހަވީރު 5:38 ހާއިރުއެވެ.
އެމްއެންޑީއެފް އިން ބުނީ، އެ ލޯންޗް ދިޔަވިިއިރު، ބިދޭސީންނާއެކު އެ ލޯންޗްގައި 14 އަންހެނުންނާއި ހަތަރު ކުޑަކުދިން ހިމެނޭ ކަމަށެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ލޯންޗްގައި ހަތަރު ޓުއަރިސްޓަކުވެސް ހިމެނެއެވެ.
އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
އެމްއެންްޑީއެފް އިން ބުނީ މީހާރު އެ ލޯންޗްގައި ތިބި އެންމެން ޕޮލިސް ލޯންޗަކާއި އދ. މަހިމަދޫގެ ސީއެމްބިއުލާންސް ލޯންޗަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.