ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހްގެ ތިން ދުވަހުގެ މި ތަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަަށެވެ.

މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ސޯލިހް ލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައީސް ސޯލިހް މިއަދު ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ފުރާވަޑައިގެންނެވި އިރު، މިއަދު އެމަނިކުފާން ވަނީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު، މޭޖާ ޖެނެރަލް (ރިޓަޔާޑް) ބީ.އާރ.ޑަބްލިއު.އެމް.އާރު.އޭ.ބީ. ތޮރަޑެނިޔަ އާ ބައްދަލު ކުރައްވާފައެވެ.

މިއީ ރައީސް ސޯލިހަށް ރިޔަސީ އިންތިހާބުގައި ލިބުނު ކާމިޔާބަށް ފަހު، އަވަށްޓެރި ލަންކާއަށް ކުރައްވާ ދެ ވަނަ ނުރަސްމީ ދަތުރުފުޅެވެ.