03 Oct 2011, 18:01
މުޅި މާލޭ ފެހި ކުރުމުގެ ޕްރޮގްރާމެއް މާލޭ ސިޓީ ކައުންސިލުން ފަށައިގެން ކުރިއަށް އެބަގެންދެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ މިޕްރޮގްރާމްގެ ދަށުން 2012 ވަނަ އަހަރުގެ ޑިސެންބަރުގެ ކުރިން މާލެ އެއްކޮށް ފެހިކުރާނެ ކަމަށާއި މިހާރު ކުރިއަށް ގެންދަނީ ލޭންޑްސްކޭޕް ކުރުމުގެ މަސައްކަތް ކަމަށެވެ.
ސުޖާއު ވިދާޅުވީ ގަސްއިންދަން ހަމަޖައްސާފައިވާ ވަޅުތައް ކޮނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އަންނަ ހަފްތާގައި ގަސްޖެހުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ސުޖާއު ވިދާޅުވީ މިޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ގަސް އިންދުމަށް ހަމަޖައްސާފައި ވަނީ މަޖީދީމަގުގައި ކަމަށާއި ގަސް އިންދާ ތަންތަން ކަނޑައަޅާފައި ވަނީ ކުރީގެ ސަރުކާރުން މާލޭގެ މަގުތައް ހެދި އިރު ހަދާފައިވާ ޕްލޭންގައި ގަސް އިންދުމަށް ކަނޑައަޅާފައިވާ ތަންތަނުގައި ކަމަށެވެ.
"އެމަގެއްގައި ގަސް އިންދަން ހަދާފައި ހުރި ތަންތަނުގައި ގަސް އިންދުމަށް ނިންމާފައިވާނީ، ފުރާވަރުގެ ގަސްތައް އިންދުމަށް ހަމަޖައްސާފައިވަނީ،" ސުޖާއު ވިދާޅުވި އެވެ.
މުޅި މާލޭ ފެހިކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މިޕްރޮގްރާމް ރަސްމީކޮށް މިމަހުގެ 20 ގައި އިފްތިތާހު ކުރާނެ އެވެ.