ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހިލޭ ލިބޭ "ސަޕްރައިޒް ފްރީ ކްރެޑިޓް" ނަމުގައި ޕްރޮމޯޝަނެއް ވަތަނިއްޔާއިން ފަށައިފި އެވެ.

ވަތަނިއްޔާއިން މިމަހު ފެށި މިޕްރޮމޯޝަންގެ ދަށުން 150،000ރ. އަށްވުރެ ގިނަ ކްރެޑިޓް މުޅިން ހިލޭ ލިބޭނެ ކަމަށް ވަތަނިއްޔާއިން ބުންޏެވެ.

އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ ހަމައެކަނި ވަތަނިއްޔާ ޑަބްލިއު ޕްރީޕެއިޑް ކަސްޓަމަރުންނާ ޑަބްލިއު މިކްސް އަދި އެމްވީޕީއެން ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ.

މި ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު 24 ފަރާތަކަށް 99ރ. ހިލޭ ކްރެޑިޓް ލިބޭނެ އެވެ. އަދި ކޮންމެ ހަފްތާއަކު އެންމެ މަތިން ރިޗާޖްކުރާ 10 ފަރާތަކަށް 100ރ. ހިލޭ ކްރެޑިޓް ލިބޭނެ ކަމަށް ވަތަނިއްޔާއިން ބުންޏެވެ.

ސަޕްރައިޒް ފްރީ ކްރެޑިޓް ޕްރޮމޯޝަނަކީ ވަތަނިއްޔާއިން މިދިޔަ އަހަރު ފަހުކޮޅު ވެސް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.