ކުއްތާ ގޮވައިގެން ހިނގާލަން ދާން ބޭނުންވާ މީހުންނަށް ފަސޭހަކޮށްދިީ ތަފާތު ހިދުމަތްތައް ދިނުމަށް އެމެރިކާގައި ބޭނުންކުރާ އެޕެއް ކަމަށްވާ ވެގްއަށް ސައުދީން 300 މިލިއަން ޑޮލަރު ހޭދަކުރިކަން ހާމަވެއްޖެ އެވެ.

އެމެރިކާގެ ނެޝެނަލް ޕަބްލިކް ރޭޑިއޯ (އެންޕީއާރު) އިން ބުނީ އެ ހިދުމަތަށް އިންވެސްޓްކޮށްފައިވަނީ ސޮފްޓް ވިޝަން ފަންޑުންނެވެ. މިއީ ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު އޮފް ސައުދީ އަރަބިއްޔާ (ޕީއައިއެފް) ވަރަށް ބޮޑަށް ފައިނޭންސްކޮށްގެން ހިންގާ ކުންފުންޏެއް ކަމަށް އެންޕީއާރު އިން ބުންޏެވެ.

ދެހާސް ފަނަރަ ވަނަ އަހަރު، ވެގް އެންމެ ފުރަތަމަ ލޯންޗުކުރީ ނިއުޔޯކް އަދި ލޮސްއެންޖަލިސްގަ އެވެ. ނަމަވެސް މިހާރު އެ އެޕްގެ ހިދުމަތް އެމެރިކާގެ 100 ސިޓީއަކަށް ލިބެ އެވެ.

ޕީއައިއެފްއިން ސޮފްޓް ބޭންކް މަލްޓިނޭޝަނަލް ހޯލްޑިން ގްރޫޕާ ގުޅުނީ މިދިޔަ އަހަރު އެވެ. އެ ޕާޓްނާޝިޕްގެ ދަށުން އުފެއްދި ސޮފްޓް ބޭންކް ވިޝަން ފަންޑްއަކީ މިހާރު މުޅި ދުނިޔޭގެ ވެސް އެންމް ބޮޑު ޕްރައިވެޓް އިކުއުޓީ ފަންޑެެވެ.

އެ އިންވެސްޓްމަންޓް ފަންޑްގައި މިހާރުވެސް 100 ބިލިއަން ޑޮލަރު ވަނީ އިންވެސްޓްކޮށްފަ އެވެ. އަދި އެ ފަންޑުން ދަނީ ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި އިތުރު 100 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް އަމާޒު ހިފާފައެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހުދު ބިން މުހައްމަދު ބިން ސަލްމާން އައްޔަނކުރިފަހުން އެގައުމުގެ އިގްތިސާދު ތެލަށް ބަރޯސާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ތަފާތު އެކި ދައިރާތަކުގައި އިންވެސްޓްމަންޓް ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި 2030 ވަނަ އަހަރަށް މުހައްމަދު ވަނީ ޓެކްނޮލަޖީގެ ހަބަކަށް ސައުދީ ހެދުމަަށް "ވިޝަން 2030"ގެ ނަމުގައި ވަނީ ތަސައްވަރެއް ވެސް ވަނީ އެކުލަވާލައިފަ އެވެ. ނަމަވެސް ސައުދީން ދާދި ފަހުން މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މައްސަލައާ ގުޅިގެން ފޮރިން އިންވެސްޓްމަންޓްތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަަ އެވެ.

މަސްދަރު: އެންޕީއާރު