ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހްގެ ހަނީމޫނަށް ރާއްޖެ އައި ކަމަށް ބޭރުގެ ޚަބަރުތައް ބުނެފިއެވެ.

މިދިޔަ ނޮވެމްބަރު މަހު އިޓަލީގައި ކައިވެނިކުރި ދެތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައިނަމަވެސް ޗުއްޓީ ހޭދަކުރަމުންދަނީ ކޮން ރިސޯޓެއްގައި ކަމެއް އެނގިފައެއް ނުވެއެވެ.

ދެތަރިންގެ އިންސްޓަގްރާމް އެކައުންޓްގައިވެސް ދެމީހުން ތިބި ތަނެއް ހާމަނުކުރި ނަމަވެސް ދީޕިކާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ދެ ފޮޓޯއަކުން ރާއްޖޭގައި ތިބިކަމަށް ގަބޫލުކުރެވެއެވެ.

ބޭރުގެ ނޫސްތައް ބުނާގޮތުގައި ދީޕިކާ އާއި ރަންވީރު ރާއްޖެ އައުމުގެ ކުރިން ދެތަރިން ވަނީ ލަންކާގެ ކޮލަމްބޯ އެއާޕޯޓްގައި ވެސް މަޑުކޮށްފަ އެވެ.

ހަ އަހަރު ވަންދެން ސިއްރުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނި ކުރި އެދެތަރިންގެ ކައިވެންޏަކީ މިދިޔަ އަހަރު އެންމެ ފާހަގަކޮށްލެވުނު އެއް ކައިވެނި ހަފްލާއެވެ.