02 Jan 2019, 16:00
ޕާކިސްތާނަށް ނިސްބަތްވާ މަޝްހޫރު ދެ ޔޫޓިއުބަރުން ކަމަށްވާ ޝާމް އިދްރީސް އާއި ފްރޮގީ ކައިވެނިކޮށްފިއެވެ.
ދެތަރިން މީގެ ދެ މަސްކުރިން އެންގޭޖްކޮށްފައިވަނީ ދެތަރިންގެ ފޭނުން ސިއްސުވާލުމަށްފަހުއެވެ. "ބެސްޓްފްރެންޑްސް"ގެ ގޮތުގައި ދެ މީހުންވެސް ތިބުމަށްފަހު ކުއްލިއަކަށް ދެތަރިން އެންގޭޖްކުރުމާއެކު ގިނަ ބަޔަކަށް ވަނީ ސިހުން ގެނެސްފައެވެ.
ކައިވެނިކުރި ވަކި ތަނެއް ހާމަނުކުރިއިރު ކައިވެނިކުރީ ކޮންއިރަކު ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
We are married. Alhamdulillah ????pic.twitter.com/W6M1BQC8nf
— Sham Idrees (@Shamidrees)January 1, 2019
ދެތަރިން އެއްކޮށްވަނީ ޔޫޓިއުބްގައި ހެއްވާ މަޖާ އަދި ހަގީގަތާ އެއްގޮތަށް ކުދިކުދި ޑްރާމާކޮޅުވެސް ގެނެސްދީފައެވެ.
އާންމުންގެ ތަރުހީބެއް މިދެތަރިންނަށް ލިބެމުންއަންނައިރު ކައިވެނިކުރިކަން އެނގުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ޝާމްއަށް މަރުހަބާ ކިޔަމުންނެވެ.