02 Jan 2019, 11:28
އިއްޔެ ހދ. ނައިވާދޫ ލެއްގި މަރުވެފައިވާ މީހާގެ ހަށިގަނޑު ވަޅުލާފިއެވެ.
އެރަށު ދޯނިފަހަރު އެހެލާ ސަރަހައްދުގެ ދެކުނު ފަރާތަށް މަރުވެފައިވާ މީހެއްގެ ހަށިގަނޑު ލައްގައިފައިވަނީ އިއްޔެ ހެނދުނު 11:30 ހާއިރުއެވެ.
ފުލުހުން ބުނީ ނަގަނ ޖެހޭ ހުރިހާ ސާޕްޕަލްއެއް ނެގުމަށްފަހު، އިއްޔެގެ ވަގުތެއްގައި އެމީހާގެ ހަށިގަނޑު ފަޅުރަށެއްގައި ވަޅުލާފައިވާ ކަމަށެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން އިއްޔެ ނައިވާދޫ ކައުންސިލްގެ ރައީސް އަހްމަދު ފާއިޒް ވިދާޅުވީ، ބެލެވޭ ގޮތުގައި ލައްގައިފައިވަނީ އަންހެނެއްގެ ހަށިގަނޑެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ބިކިނީގައި އޮތް އެ ހަށިގަނޑު އޮތީ ބޭރުފުށުން ވަރަށް ބޮޑަަށް ހަލާކުވެފަކަމަށެވެ.